އިންޑިޔާ ކަނޑުގައި
އަހުރެނީ ޗާޓުދައްކާ ތިކިތަކެއް
ބިންވަށާ މޫދު ފަޅާވާ ޗާލު ނަލަނަލަ ރަށްތަކެއް
ފަޚުރުވެރި
ދިދައެއްގެ ދަށުގާ ތިޔަތިބީ ޘާބިތުވެފާ
އަޚުތަކުންނޭ ވާށެ ބައަކަށް ހުންނަނިވި ޝަޚްޞިއްޔަތެއް
އަޚުތަކުންނޭ ވާށެ ބައަކަށް ހުންނަނިވި ޝަޚްޞިއްޔަތެއް
ދިވެހިއަކުރާ
ދިވެހިބަހަކީ ދިވެހިވަންތަ ޘަޤާފަތޭ
ދިވެހިލޭހުރި ދަރިޔަކަށް މީ ވިޔަނުވާފަދަ ފަތަޙައެއް
ރަޙުމަތާ
ތެދުވެރިކަމާ އެކުވެރިކަމެއްހުރި ޚުލްޤުގައި
އަހުރަވެތިކަން ހުންނަ ބަޔަކަށް ވާނެޔޭ ނިޢުމަތްތަކެއް
ނިސްބަތުން
ފައިހަމަކުރާށޭ ކުރިއަރައިދާ ސަފުތަކާ
ވިސްނަމުން ތަހުޛީބުވާނޭހައި ރޮނގުން ކޮށް ހިއްމަތެއް
އާމިނަތު ފާއިޒާ (ރީތި ޅެން 3 ޞ 35 – 36)